ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު، މިމެޗު ބެލުންތެރިންނަށް ތނަދޫގައި ހުންނަ އިބްނަމޯ ރެސްޓޯރެންޓުން ވަރަށް ޚާއްސަ ޑިސްކައުންޓަކާއެކު ކޮފީ ލިބޭނެއެވެ.
ފައިނަލް މެޗުގައި ލިވަޕޫލް އާއި ރިއާލްމެޑްރިޑް ބައްދަލުކުރާ މިމެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00ގައެވެ. މިމެޗު ބަލަން އިބްނަމޯއަށް ކޮފީއަށްދާ ހުރިހާ ފަރާތްތަކަށް 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
ޔޫރަޕުގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅެނީ ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ. ފައިނަލް މެޗުގައި ލިވަޕޫލާޢި، ރިއާލް ނިކުންނަ އިރު، ރެއާލް އަދި ލިވަޕޫލުން ވެސް ފައިނަލާ ކުރިމަތިލަނީ ކާމިޔާބު ޑޮމެސްޓިކް ސީޒަނަކަށްފަހު އެވެ.
މި ދެޓީމު މީގެ ތިން ސީޒަނުގެ ކުރިންވެސް ވަނީ ޗެމްޕިއަން ލީގު ފައިބަލް މެޗުގައި ވާދަކޮށްފައެވެ. އެފަހަރު، 3-1 ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލުން އެ ޓީމުގެ 13 ވަނަ ޗެމްޕިއަންސް ލީގު އުފުލާލިއެވެ.
އެހެން ނަމަވެސް މިރޭ އެ ދެޓީމުން ވާދަކޮށް ނުކުންނަ ނަތީޖާ، އެއާ މުޅިން ތަފާތުވާނެ ކަމަށް ފުޓްބޯޅަ އެނަލިސްޓް އަދި ކުރީގެ ފޯވަޑް މައިކަލް އޮވެން ވަނީ ބުނެފައެވެ. ރެއާލް އަދި ލިވަޕޫލްގައިވެސް މޮޅަށް ކުޅުނު އޮވެން ހޮނިހިރު ދުވަހުގެ ރޭ ފައިނަލް ކާމިޔާބުކުރާނެ ކަމަށް ބުރަވަނީ ލިވަޕޫލް ކޮޅަށެވެ.

