ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަކަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓަކީ 8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ.
އަދި އެ ބޯޓު މ.ތުވަރުގެ އިރުއުތުރުން 8 ނޯޓިކަލްމޭލު ބޭރު ފަރަކަށް އަރައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޮމާންޑް ތާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގެ ރިޕޯޓު އެއިދާރާއަށް ލިބިފައިވަނީ މިއަދު ފަތިހު 4:51 ހާޢިރު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

