ޏ.ފުވައްމުލަކުގައި ތެޔޮ ޓޭންކެއް ކަފަން އުޅުމުގެ ތެރޭގައި އެ ޓޭންކު ގޮވައި މީހަކު ފިހިއްޖެއެވެ.
މައުލޫމާތު ލިބުނު ގޮތުގައި މިހާދިސާގައި ފިހިފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ފިއުލްގައި މަސައްކަތްކުރާ މީހެކެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާގައި ފިހުނު މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށާއި އެމީހާގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި ހާދިސާގައި ޓޭންކު ގޮވައިގެން ފިހިފައި ވަނީ އެ ޓޭންކު ކެފުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ މީހެކެވެ.

