މިވަގުތު ރާއްޖޭގައި ޓީބީގެ އެއްވެސް ކޭސްއެއް ނެތްކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ސީއެޗްއެސްސީގައި ޓީބީގެ ކޭސްއެއް ފެންމަތިގެން އުޅޭ ޚަބަރާއި ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގައި ޓީބީ ފެތުރިފައިވޭތޯ ބެލުމަށް އެޗް.ޕީ.އޭއާ ގުޅިގެން އެކި ތަންތަނުގައި ސްކްރީނިންގ ޕްރޮގުރާމުތައް ކުރިއަށް ގެންދާކަމަށާއި މިވަގުތު އެއްވެސް އައުޓްބްރޭކްއެއް ނެތް ކަމަށެވެ.
ރާއްޖޭގައި ދޭތެރެދޭތެރެއިން ޓީބީގެ ކޭސްތައް ފެންނަކަމަށާއި ޓީބީ ބަލި އެއްކޮށް އަދި ފިލައިގެން ނުދާކަމަށްވެސް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން އިންޑިޔާއިން ވަނީ ރާއްޖެއަށް ޓީބީ ބޭސް ހަދިޔާކޮށްފައެވެ. 2025 އާ ހަމަޔަށް އެބަލި ރާއްޖެއިން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން މިމަސައްކަތަށް އިންޑިޔާ ސަރުކާރުން މިވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިންޑިޔާއިން ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި ޓީބީގެ އެކި ބާވާތްތަކުގެ ބޭސް ހިމެނެއެވެ. އޭގެތެރޭގައި މަލްޓި ޑްރަގް ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް – ޓީބީ)ވެސް ހިމެނޭހެން 27،000 އަށްވުރެ ގިބަ ޓެބްލެޓު ވަނީ ހަދިޔާކޮށްފައެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުުން އަންނަ ޤައުމެކެވެ. މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގައިވެސް އިންޑިޔާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީނޫނަސް ހިމަބިހި ފަދަ ގިނަ ބަލިތަކުން ރައްކާތެރިވުމަށް އިންޑިޔާ ސަރުކާރުން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދީފައެވެ.

