އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިން ސެންޓަރަކަށް އެވިޑް ކޮލެޖް ހަމަޖައްސައިފިއެވެ.
އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި އެ ކޮލެޖަށް ސެޓިފައިޑް ލިޔުން ހަވާލުކޮށްދެއްވީ ސައުތު އޭޝިޔާ ރީޖަންއަށް “އަޔާޓާ” އިން ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާރ ލޮކޭޝް މައްޓާއެވެ. އަދި އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާ ހަވާލުވީ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.
އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިގޮތުގައި “އަޔާޓާ” ގެ ތަމްރީން ކޯސްތައް ހުވަދު އޮތޮޅުގައި ހިންގުމަކީ އެމަނިކުފާނު ވަރަށްކުރީއްސުރެވެސް ދެކެމުން އައި ހުވަފެނެކެވެ. އަދި އެކަން މިއަދު ހަޤީޤަތަކަށް ބަދަލުވެ އެވިޑް ކޮލެޖްގެ ނަން އަނެއްކާވެސް ރަންއަކުރުން ތާޜީޚްގައި ފަވާލެވިއްޖެކަމުގައެވެ. އެވިޑް ކޮލެޖުގެ މާލޭ ކެމްޕަހާއި ތިނަދޫގައި ހުންނަ ކެމްޕަހުގައި ” އަޔާޓާ ” އޮތޮރައިޒްޑް 13 ޕްރޮގްރާމް ހިންގުމުގެ ހުއްދަ ވަނީ ލިބިފައެވެ. އެއީ މިދަންނަވާ ޕްރޮގްރާމްތަކެވެ.
– އެސިސްޓިންގ ޓްރެވެލަރސް ވިތް ސްޕެޝަލް ނީޑްސް
– އީ ކޮމަރސް އިންދަ ޓްރެވެލް އިންޑަސްޓްރީ
– ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް އެމެޑަސް
– ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ގެލެލިއޯ
– ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ
– ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ ފޯރ ދަ ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ތްރެއިނިންގ ޕްރޮގްރާމް
– ފަަންޑަމެންޓަލް ސްކިލްސް އިން ޖަރނީ ޕްރައިސިނގް އެންޑް ޓިކެޓިންގ
ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – އެމެޑަސް
– ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ގެލެލިއޯ
– ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ސޭބަރ
– މެނޭޖިންގ ދަ ޓްރެވެކް ބިޒްނަސް
– ސޯޝަލް މީޑިއާ ސްޓްރެޖީ ފޯރ ދަ ޓްރެވެލް އިންޑަސްޓްރީ، އީ ލަރނިންގ
– ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް
އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެކޮލެޖުން މިހާރު ދަނީ “އަޔާޓާ” ގެ ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ ރަސްމީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރަމުންނެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަތީތަޢުލީމުގެ ފުރުޞަތު އާންމުންނަށް އަތްފޯރާފަދަ ހެޔޮ އަގެއްގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ދެހާހަށްވުރެ ގިނަދަރިވަރުން އެކިއެކި ކޯސްތަކުގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންގެންދެއެވެ.

