އަވަށްޓެރި އިންޑިޔާގެ އަންހެނަކު އޭނަގެ ހަ ދަރިން ފެންވަޅަކަށް ވައްޓާލައި މަރާލައިފިއެވެ.
މަހާރާޝްޓްރާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މާހާރާޝްޓްރާ ސްޓޭޓްގެ ރައިގަދް ޑިސްޓްރިކްޓުގައި އަންހެނަކު އޭނަގެ ހަދަރިން ފުން ވަޅަކަށް ވައްޓާ މަރާލާފައިވާ ކަމަށާއި މިމައްސަލައިގައި 30 އަހަރުގެ އަންހެނަކު ހައްޔަރުކުރެވުނު ކަމަށެވެ. އަދި އެއަންހެންމީހާގެ ދަރިން ގެއްލިގެން ފުލުހަށް ގޮސް އެމައްސަލަ ރިޕޯޓްކުރި ކަމަށާއި ފުލުހުން ކުރި ތަހުޤީގުން އެގުނު ގޮތުގައި އެއަންހެންމީހާ ހަ ކުދިންވެސް މަރާލީކަން ސާބިތުވާ ކަމަށް ފުލުހުންވަނީ މައުލޫމާތުދީފައެވެ.
ފެން ވަޅުގައި ކުދިން މަރުވެފައިތިއްބާ ފެނިފައިވަނީ އިއްޔެ ހަީރުގެ ވަގުތެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއަންހެންމީހާގެ ތިބީ ފަސް އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ. މިކުދިންނަކީ އުމުރުން 18 މަހާއި 10 އަހަރާއި ދެމެދުގެ ކުދިންނެވެ.
އަންހެން މީހާއާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ ފިރިމީހާގެ އާއިލާއިން އަންހެން މީހާއާ މެދު އަމަލުކުރަމުންދާ އިހާނެތި ގޮތުގެ ސަބަބުން ދަރިންތައް މަރާލީ ކަމަށެވެ.
މި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

