ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން މިފްކޯއިން ވިއްކަމުންދާ މަސްދަޅު އަގުބޮޑުކޮށްފިއެވެ.
މިފްކޯއިން ވިއްކާ “ފަސްމީރު” ބްރޭންޑުގެ މަސްދަޅު ކޭހަކުން 150 ރުފިޔާ މިވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން ބޮޑުކުރި އަގާއެކު މަސްދަޅަކުން 3 ރުފިޔާ ބޮޑުވެގެންދާނެއެވެ.
ތެޔޮމަސް ކޭހެއް މީގެކުރިން ވިއްކަމުން ދިޔައީ 590 ރުފިޔާއަށެވެ. އެހެންނަމަވެސް މިއަގު މިހާރު މިވަނީ 740 އަށް އުފުލިފައެވެ. އަދި 565 އަށް ވިއްކަމުންދިޔަ ފެން މަސް ކޭސް 715 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
މިފްކޯއިން ބުނާގޮތުގައި މަސްދަޅުގެ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން ދިޔުމާއި ގުޅިގެން އިތުރު ގޮތެއް ނެތިގެންނެވެ.

