ރޮޗެސްޓަ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ފަރާތުން ގދތިނަދޫ ގައި ހިންގަމުންދާ އިބްނަމޯ ރެސްޓޯރެންޓުން "އެންމެނަގެ ލަކީޑްރޯ" ނަމުގައި ޚާއްސަ ޕްރަމޯޝަނެއް ފަށައިފިއެވެ.
އަންނަ ނޮވެމްބަރު 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންގެ ލަކީޑްރޯ ތައާރަފް ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އިބްނަމޯ ރެސްޓޯރެންޓްގައެވެ.

"އެންމެނަގެ ލަކީޑްރޯ" ތަޢާރަފް ކޮށް ޕްރަމޯޝަން ފައްޓަވައިދެއްވީ ތިނަދޫ ކައުނަސިލްގެ ނައިބް ރައީސް ނަސްރުﷲ ޢަލީއެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިބްރާހީމް ގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރ އަބްދުލް ޤާދިރު ޙަސަން އާއި ތިނަދޫ ކައުނަސިލް މެންބަރު މުހައްމަދު ޒަލީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކުރިޔަށް އޮތް ވޯލްޑް ކަޕަށްވެސް އަމާޒު ވާހެން މިފަދަ އަގު ބޮޑު ޕްރަމޯޝަނެއް ފެއްޓެވީތީ އުފާ ކުރައްވާ ކަމަށާއި މި އީ ރަށުގެ ވިޔަފާރި ކުރި އޭރުވުމަށް ކުރައްވާ ކަމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
"އެންމެނަގެ ލަކީޑްރޯ" ނަމުގައި އިބްނަމޯ އިން ކުރިޔަށް ގެންދާ ޚާއްސަ ޕްރަމޯޝަނެގެ 1 ވަނަ އިނާމަކީ 55 އިންޗްގެ ޓީވީ އެކެވެ. 2 ވަނަ އިނާމަކީ ޕްރޮޖެކްޓަރެއް އަދި 3 ވަނަ އިނާމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 2 މީހަކަށް އިބްނަމޯ ދޭ ޚާއްޞަ ކެއުމެކެވެ.
އިބްނަމޯ އިން ކުރިޔަށް ގެންދާ ޕްރަމޯޝަންގައި 100 ރުފިޔާގެ ކޮންމެ ޚިދުމަތަކަށް ކޫޕަނެއް ލިބޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

