އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު 3:10ގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި 21 އަހަރުގެ ޒުވާނާއަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ދާދި ދެންމެޔަކު އެޒުވާނާ ނިޔާވެފަައިވާ ކަމަށް އެހޮސްޕިޓަލުން ވަނީ “ވަގުތު” މީޑީޔާއަށް މައުލޫމާތުދީފައެވެ. އެޒުވާނާގެ ބުރަކައްޓަށް އެތައް ފަހަރަކު ތޫނު އެއްޗަކުން ހަމަލާދީފައިވާތީ އެޒުވާނާއަށް ފަރުވާ ދެމުން ދިޔައިރުވެސް އޮތީ ސީރިޔަސް ހާލެއްގައެވެ.
މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ވަގުތު މީޑީޔާއިން ހާމަކުރާ ގޮތުގައި މިއީ އައްޑޫ ސިޓީ ފޭދޫގެ ދެގޭންގުގެ ދެމެދު ހިނގާދިޔަ ސިލްސިލާ މާރާމާރީތަކެކެވެ. އެގޮތުން މި ހަފްތާ ތެރޭގައި ވެސް އެ ދެ ގޭންގުން މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ މާރާމާރީގައި މީހެއްގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖެހުމުން ސިކުނޑިއަށް ލޭ އެޅި މިހާރު މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް އެމީޑިޔާއިން ވަނީ ބުނެފައެވެ.

