ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގއ. ދާންދޫއަށް ގެންގޮސްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބަންޑް ވޯލް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ގެންގޮސްފައިވާކަމަށެވެ.
2019 ވަނަ އަހަރު ނޮވެމްބަރ 10 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލު ކުރެވުނު 186.6 މިލިޔަން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

