މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރި މުހައްމަދު ޝަފާއު ހަސަން އިންތިހާބު ކޮށްފި އެވެ.
ޝަފާއު އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވުމުން އިއްޔެ ބޭއްވި ކައުންސިލް ޖަލްސާގަ އެވެ.
ޝަފާއު ރައީސް ކަމަށް އިންތިހާބުވީ ރައީސަކު ހޮވުމަށް ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންގެ ވޯޓާއެކުގައެވެ.
އެމްއެމްސީގެ ރައީސްކަށް ޝަފާއު ހޮވާފައި ވާއިރު، މިއީ އެއްމްސީގެ ރައީސް ކަމަށް މީޑީއާއަށް ނިސްބަތް ނުވާ ބޭފުޅަކު އިންތިހާބު ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޝަފާއު އަކީ މިހާރުވެސް ރީޖަނަލް އެއާޕޯޓްސްގެ ބޯޑާއި ކެއާ ސޮސައިޓީގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. ކުރީން އޭނާ ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

