އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ނިއުދިއްލީގައި ހުންނަވާ އެޕާޓީގެ މީޑިއަރ އިންޗާޖު، އިންޑިއާގެ ގައުމީ ޓީވީ ޗެނަލެއްކަމުގައިވާ ދޫރުޝަންއިން ގެނެސްދިން ޕްރޮގްރާމެއްގެ ތެރެއިން، ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަ ކޮށްފައިވާތީ އެކަމަށް މައާފަށް އެދުމަށް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ގޮވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ގައުމީ ޓީވީ ޗެނަލެއްކަމުގައިވާ ދޫރުޝަންއިން ގެނެސްދިން ޕްރޮގްރާމެއްގެ ތެރެއިން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ނިއުދިއްލީގައި ހުންނަވާ އެޕާޓީގެ މީޑިއަރ އިންޗާޖު، ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރި ހިނދުގައިވެސް އެކަމަށް ފަރުވާލެއްނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުންކަމުގައި ކައުންސިލުން ދެކޭ ކަމަށެވެ.
“އެހެންކަމުން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި އެޕާޓީގެ މީޑިއަރ އިންޗާޖު ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައި ވަސައްލަމައަށް ފުރައްސާރަ ކުރިކުރުން އެންމެ ހަރުކަށި އިބާރާތުން މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގައާއި މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ކުށްވެރި ކުރަމެވެ. އަދި އިސްލާމު ދީނާއި ކީރި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އާއި ބެހޭގޮތުން ކުރާ މިފަދަ ކޮންމެ އަމަލަކީ އިސްލާމު ދީނުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއްކަމުގައި ދެކެމެވެ.” ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކައުންސިލުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ފަރާތުންނާއި އިންޑިއާ ސަރުކާރުން އިންޑީއާގެ ޤައުމީ ޗެނަލް މެދުވެރިކޮށް ހުރިހާ މުސްލިމުންގެކިބައި މާއަފާށް އެދުމާއި، ދިވެހި ރާއްޖޭގެ ޤައުމީ ޓީވީ ޗެނަލް މެދުވެރިކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ދެ މެމްބަރަކު ކޮށްފައިވާ ހަޑިމުޑުދާރު އަމަލު ކުށްވެރިކޮށް އެކަމަށް މާއަފަށް އެދުމަށް މާލޭ ސިޓީގައި ހުންނަ އިންޑިއަން ހައިކޮމިޝަނަށް ގޮވާލާ ކަމަށެވެ.

