ރައީސް ސަރުކާރުން ވިނަރެސް ފްލެޓްތަކަކީ މަހަކު 7000 ރުފިޔާގެ ކުއްޔަކަށް ދޭން ނިންމާފައިވާ ތަންތަން ކަމަށް މާލޭ މޭޔަރު ޑޜ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ވިނަރެސް ފްލެޓްތަކުގެ މައުލޫމާތު ހިއްސާކޮށް އެ ފްލެޓްތައް އާންމުންނަށް ދައްކަން ހުޅުވާލުމުން ފްލެޓްތައް ބަލައި އެތަނުގެ އަގާ ބެހޭ ގޮތުން އާންމުން ޝަކުވާތައް ލިބިގެން ދިއުމާއި ގުޅިގެންނެވެ.
ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފެއްޓި 1،530 ޔުނިޓް ހައުސިންގ މަޝްރޫއު، މި ސަރުކާރުން 1،340 އަށް މަދުކޮށް "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކުމުންދާ ދިއުން ބަދަލުކުރެއްވުން އެދޭ ކަމަށެވެ.
" ރައީސް ޔާމީންގެ ސަރުކާރުގާއި މި ފްލެޓްތައް ދިނުމަށް ނިންމާފައި ވަނީ މަހަކު 7000ރ އަށް". ޑރ.މުއިއްޒު ވިދާޅުވިއެވެ.
ވިނަރެސް ފްލެޓްތައް އިމާރާތް ކޮށްފައިވައިވަނީ 15 ބުރީގެ 10 ޓަވަރަށެވެ. ވިނަރެސް މަޝްރޫއުގައި 1344 ފްލެޓު ހިމެނެއެވެ.

