ގދ،ތިނަދޫ ކޮލަމާފުށި ގައްދޫ ހިމެނޭހެން 13 ރަށަކަށް 200 މުވައްޒަފުން ހޯދުމުގެ މަސައްކަތް އާރްޑީސީން ފަށައިފިއެވެ.
އާރްޑީސީން 200 މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާއިރު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދާޢި މާދަމާ ވަނީ ވޯކިން އިންޓަވިއުއެއް ކުރުމަށް ނިންމާފައެވެ. އާރްޑީސީން ބުނީ އިންޓަރވިއު މިއަދު ހުޅުމާލޭގައި އޮންނަ އިރު މާދަމާ މާލޭގައި އޮންނާނެ ކަމަށެވެ.
އާރްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުޓުގެ “އެޗް12” ކައިރި ބަސް ސްޓޭޝަންގައި ހުންނަ އާރްޑީސީގެ ޑެސްކުން މިއަދުގެ މެންދުރު 14:00 އިން ފެށިގެން ހަވީރު 18:00އާ ހަމައަށް އިންޓަވިއު ކުރުން ކުރިޔަށް ދާނެ ކަމަށެވެ.
މީގެ އިތުރުން މާލޭގައި އުޅޭ ފަރާތްތަކުން މާދަމާ ސޯޝަލް ސެންޓަރުގައި މެންދުރު 14:00 އިން ފެށިގެން 18:00އާ ހަމައަށް އިންޓަވިއު ކުރުން ކުރިޔަށް ގެންދިއުމަށް އާރްޑީސީ އިން ވަނީ ނިންމައިފައެވެ.

