ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ފެރީ ދަތުރުތަކަށް ޓިކެޓު ނެގުމަށް ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި ތައާރަފްކުރެވުނު ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ފަސޭހައިން ޓިކެޓް ގަނެވޭނެއެވެ.
އެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭން ހުންނާނެއެވެ. މިިއެޕްލިކޭޝަން އެޅުމަށްފަހު ރަޖިސްޓްރީ ކުރުމަށްފަހު ނުވަތަ ޕޯޓަލްއަށް ވަނުމަށްފަހު ދަތުރު ފަށާ ރަށާއި ދާން ބޭނުންވާ ރަށް ހިޔާރުކުރަންޖެހެއެވެ. އަދި ފުރާ ރަށަށް އެނބުރި އަންނަނަމަ އެކަންވެސް ފާހަނގަކުރަންޖެހެއެވެ.
މީގެއިތުރުން ފުރާ ތާރީހާއި ރަށަށް އަންނަ ތާރީހު ހިޔާރުކުރުމަށްފަހު ދަތުރުކުރަން ބޭނުންވާ ވަގުތުތައް ފާހަގަކުރުމާއެކު ބޭނުންވާ ސީޓުތައް ވެސް މިއެޕްލިކޭޝަން މެދުވެރިކޮށް ފާހަނގަކުރެވޭނެއެވެ.
މިނިސްޓްރިން ބުނާގޮތުގައި ފެރީން ދަތުރުކުރާ މީހުންގެ އަދަދު އަދި ތިން އަހަރުން މަތީގެ މީހުންގެ އަދަދު ފާހަނގަކުރަންޖެހެއެވެ. މިމައުލލޫމާތުތައް ފުރިހަމަ ކުރުމމަށްފަހު ޕޯޓަލް މެދުވެރިކޮށް ޓިކެޓްގެ ފައިސާ ދައްކާލެވޭނެއެވެ.
އާރުޓީއެލްގެ ފެރީގައި ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

