މަސްތުވާ ތަކެއްޗާއި، ޒިނޭ އަދި މީހުން މެރުން މިއީ އަހަރުމެންގެ މުޖުތަމަޢުގައި އާންމު ވެފައިވާ ބޮޑެތި މުންކަރާތް ތަކެވެ. އެހެންނަމަވެސް މިއަދު މިދައްކަން އުޅެނީ މިކަންތަކުގެ ވާހަކައެއް ނޫނެވެ.
މިދައްކަން އުޅެނީ މި ދިވެހި މުޖުތަމަޢު ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ވަބާ ފެތުރިފައިވާ މިންވަރުގެ ވާހަކައެވެ. ގިނަ ބަޔަކަށް އެކަން ނޭނގި އޮތް ކަމުގައި ވިޔަސް މިކަމަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ކުރަމުންދާކަމެކެވެ. މިއީ އަޅުގަނޑުމެން ބިރުގަންނަން ޖެހޭވަރު ކަމެކެވެ. އެއްޖިންސުން ގުޅުން ހިންގުން އިތުރުވުމަކީ ޤިޔާމަތް ދުވަސް ކައިރިވެއްޖެ ކަމުގެ އަލާމާތެއްކަން އަހަރުމެންނަށް ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅު ތަކުން އެނގެއެވެ.
މިކަމަކީ މާތްﷲ ކަނޑަ އެޅިގެން ލަޢުނަތް ލައްވާފައިފާ ކަމެކެވެ. އެކަލާނގެވަނީ މީގެ ކުރިންވެސް މިނުބައި އަމަލުތައް ކުރުމުގައި ހައްދުފަހަނަޅައި ގޮސްފަ ތިބި ލޫތު ބާގައިގެ މީހުންނަށް ގަދަފަދަ ވެގެންވާ ޢަޒާބު ފޮނުއްވާ އެމީހުން ނެތި ކުރައްވާފައެވެ. އެ ހާދިޘާ ތަކުން އަހަރުމެން ފިލާވަޅު ނަގަންޖެއެވެ. މާތްﷲ لوط ބާގައިގެ މީހުންގެ މިސާލު ޖައްސަވަމުން އެމީހުން ކޮށް އުޅުނު ކަންތަކުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާން ކޮށްފައި ވެއެވެ. އެގޮތުން އެކަނލާނގެ ވަޙީ ކުރައްވާފައިވެއެވެ:
إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
"ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ" [ އަލް ޢަޢްރާފް : 80 ]
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ:
وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ
"އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަކުރާ فاحش ކަންތައްތަކަކީ، عالم ތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ" [ އަލް އަންކަބޫތް: 28 ]
އަދި އެކަލާނގެ ލޫޡްގެފާނުގެ މީހުން ނެތިކުރެއްވިގޮތް ބަޔާންކުރަށްވަމުން ވަޙީކުރެއްވިއެވެ:
إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ ۖ نَّجَّيْنَاهُم بِسَحَرٍ
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ" [ އަލް ޤަމަރް: 34 ]
މަސްދަރު : ޖަންނައެމްވީ.ކޮމް

