ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އެމްޑީޕީން ވަކިވެ އަމިއްލަ ޕާޓީއެއް އުފައްދަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ ވިދާޅުވެއްޖެއެވެ،
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަޝީދު އުޅުއްވަނީ އެމްޑީޕީން ކަނޑައިނުލައިގެން ކަމަށާއި އެހެން މީހެއްގެ ރަނިން މޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން ކަމަށެވެ. އަދި ވިޕްލައިނާ ހިލާފުވިޔަސް ނަޝީދު ޕާޓީން ބޭރުނުކުރުމަށާއި ކޮންމެވެސް ކުރީގެ ރައީސުންނަށް 3،000 ހަމަވަނީ ވެސް ކިރިޔާ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
”ޕާޓީން ކަނޑާނުލައިގެން އެހެންމީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެކަމެއް ނެތް. ރައީސްކަން ކޮށްފަ ޕާޓީދޫކޮށްފަ ދާ މީހާގެ ހާލަކީ 3،000 މެންބަރުން ވެސް ހަމަވަނީ މަރަށް ފުރާނަޔަށް ކިރިޔާ. ހަތެއް ފެބްރުއަރީ ކަހަލަ ޅަ އެއްޗެއް ނާޅާތި.“ ރީކޯ މޫސާ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ނަޝީދުގެ ތާއިދާއެކު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ބަލިކުރަން އޭނާ ކުރި މަސައްކަތް ކާމިޔާބުވެ ބޭނުންވި މަގުސަދު ހާސިލު ވެއްޖެ ކަމަށެވެ.

