މަސްވެރިންނަށް ޚާއްސަކޮށްގެން އަންނަ މަހު އޯޕެން ވޯޓާރ ޑައިވިން ކޯސްތަކެއް ފަށަން ނިންމައިފިއެވެ.
މިފްކޯއާއި ދިވެހި މަސްވެރިގެ ޖަމްޢިއްޔާ ގުޅިގެން “މިފްކޯ މަސްވެރި ޑައިވަރުން ޕްރޮގްރާމް”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އެންދަމަން ފީނާ ފަޅުވެރިން ތަމްރީނުކުރުމަށެވެ.
މީގެ އިތުރުން ޑައިވިން ކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމާއި އޮޑިވެރިން ހޭލުންތެރި ކުުރުމަކީވެސް މި ހަރާކަތުގެ އަމާޒެއްކަމުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ
މި ހަރާތުގެ ފުރަތަމަ ފިޔަވަހީގެ ޑައިވިން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ހުވަދުއަތޮޅުގެ ރަށްތަކުގެވެ. އޯޕެން ވޯޓާރ ޑައިވިން ކޯހުގެ އިތުރުން ރެސްކިއު އަދި އެމަޖަންސީ ފަސްޓް ރެސްޕޮންޑަރ ކޯސްވެސް މަސްވެރިންނަށް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
މަސްވެރިން އަމިއްލަ ރަށުގައި ތިބެގެން ޚަރަދުކުޑަކޮށް މިކޯސްތައް ރަވާލާފައި އޮތުމަކީ މަސްވެރިންނަށް ލިބޭ ވަރަށްބޮޑު ލުޔެކެވެ.

