އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވި މީހަކު 3،600 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ށ.ނަރުދޫ މުޙައްމަދު ނިޝާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. މައްސަލައިގެ ރިޕޯޓު ކުރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިނުވާތީ މައްސަލައިގެ ހުރިހާ ތަފުސީލުތަކެއް ނެތެވެ.
މި މައްސަލާގައި ދައުލަތުން އުފުލި ދައުވާއަށް ދައުވާ ރައްދުވާ ނިޝާނު އިބްތިދާއީ މަރުހަލާގައި އިއުތިރާފުވެ، އަވަސް ނިޔާގެ އަޑުއެހުމުގައި އެ އިއުތިރާފު ދަމަހައްޓާފައިވެއެވެ. އެހެންކަމުން އުފުލާފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށްވަނީ ކަނޑައަޅާފައެވެ.
އެ މައްސަލާގައި އޭނާ ކުށްވެރިވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައި ނިންމާފައިވަނީ ކުރިމިނަލް ކޯޓުން އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމާ އެއްގޮތަށް އޭނާއަށް ކޮށްފައިވާ ހުކުމަކީ 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ ހުކުމެކެވެ.

