ރާއްޖެ މިހާރު މިއޮތް ހާލަތުގައިވެސް އެއްބައިވަންތަ ވެރިކަމެއް މިހާރުގެ ރައީސް ސާލިހް ފިޔަވައި ކުރެއްވި ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށް ތިނަދޫ ދެކުނު ދާޢިރާގެ މެނަބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަންނަ މިހެން ވިދާޅުވީ، ވީޓީވީން ގެނެސްދޭ “ފަސްމަންޒަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ސަނީފް ވިދާޅުވީ، ވެރިކަންކުރާ އެމްޑީޕީން އެޕާޓީގެ ޕާޓީގެ އަސާސްތަކާއި ގަވާއިދުތަކުގައި ހިފެހެއްޓުމަށް އެދިފައެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ، އެއްބައިވަންތަ ވެރިކަމެއް ރައީސް ސާލިހް ފިޔަވައި ކުރެއްވި ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އަދި މިކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލިޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އިގްތިސާދީގޮތުންނާއި ސިޔާސީ އުނދަގޫ ހާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިހާލަތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތައް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ޕާޓީގެ އަސާސްތަކާއި، ގަވައިދުގައި ނުހިފަހައްޓައިފި ނަމަ އެމްޑީޕީ ހަލާކުވުމަކީ ވަރަށް ގާތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
“އަޅުގަނޑު ބުނަން އޮތީ އަޅުގަނޑުމެން ކީއްވެގެންތޯ އޭ ސަރުކާރާއެކީގަ މަސައްކަތް ނުކުރަންވީ؟ މިކަން ޚާއްސަކޮށް ސަރުކާރު ނިސްބަތްވާ ޕާޓީއަށް އަޅުގަނޑުމެން ވަދެތިބެ ކީއްވެގެންހޭ މިކަން ނުކުރަންވީ؟” ސަނީފް ވިދާޅުވިއެވެ.

