މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސް އެޅި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެއެވެ.
އެކަމާއި ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ހިންގި ކަންތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މިކަމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 6 މީހަކު ހައްޔަރުވެސް ކޮށްފައެވެ. އަދި އެ މައްސަލަ ސީރިއަސ ްމައްސަލައެއްގެ ގޮތުގައި ބަލާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

