ހަރަދުތައް ކުރަން ފިނޭންސް މިނިސްޓްރީން މިހާރު އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރެއް ކެންސަލްކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ޚަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ އެއާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ކެންސަލްކުރެއްވީ އެ މަނިކުފާނަށް ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ލިބިބަޑައިގަތް ދައުވަތު ކަމަށެވެ.
“އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލްކޮށްލަން. އެއީ ސާކިއުލާގައި ވަނީ 5،000ރ. އަށް ވުރެ މަތީ ހަރަދެއް ނުކުރާން،” ނަޝީދު ވިދާޅުވި އެވެ. “އެހެންވެ ކޮޅުނބާ ހަމަޔަށް ދެވެން މި އޮތީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވާ ގޮތުގައި މި ދުވަސްވަރު ކޮންމެހެން މަޖުބޫރުވެގެން ކުރާ ޚަރަދެއް ކުރާން ޖެހޭނަމަ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަިދ ބަޖެޓަށް ބުރަވާ ފަދަ އެއްވެސް ހަރަދު ނުކުރާންވެސް ވަނީ އަންގައިފަ އެވެ.

