ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަވިލާއަކުން ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދުގައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
ގެއްލިގެން ރިޕޯޓްކުރި ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު ހެނދުނު 09:36 ހާއިރު ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި ފެންމަތީގައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ކްރޮސްރޯޑާ ހަވާލުކޮށްފައެވެ.

