ފަރެސްމާތޮޑާ ހެރަހަމަގު ބަގީޗާ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުމަށް ތައްޔާރު ވަމުންދާ ކަމުގައި ފަރެސްމާތޮޑާ ކައުންސިލުން ހާމަ ކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޕްލޭނިންގް މިނިސްޓްރީން ހެދި މި ނޭޗަރ ޕާކް ގެ މަސައްކަތް އެއްކޮށް ނިންމާ ރަށު ކައުންސިލާ ޙަވާލު ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ރައީސް އަހްމަދު އިމްތިޔާޒު ވިދާޅުވީ އަންނަ
ޖުލައި މަހު 7 ވަނަ ދުވަހު ހެރަހަމަގު ބަގީޗާ ތަފާތު ޙަރަކާތްތަކައެކު ހުޅުވުމަށް ތައްޔާރު ވަމުންދާކަމަށާއި ޕާރކަް ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އިންޑިއާގެ ހައި ކޮމިޝަނަރ ބައިވެރިވެ ވަޑަިއިގަންނަވާ ކަމަށެވެ.
ރައީސާ އިމްތިޔާޒު އިތުރަށް ވިދާޅުވީ އެދުވަހު ރައްޔިތުންގެ ފަރާތުންނައި ކުޑަކުދިންގެ ފަރާތުން ތަފާތު ކުޅިވަރު ތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ޕާކް ތެރޭގައިވާ ކަސްރަތު ޖިމްގެ ކަސްރަތު ދައްކާލުމަށް ޚާއްޞަ ޙަރަކާތްތަކައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ރައްޔިތުން ވަރަށް ބޮޑަށް އުފަލާ މަޖާކޮށް އަދި ވަރަށް ހިތްހަމަޖެހިގެން ބޭނުން ކުރާ ތަނެއް. ކައުންސިލް ގެ ދަށަށް މިތަން އައުމުން އިތުރު ފުރިހަމަ ކަމެއް ލިބި ރަށާ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ހިންގުމަކީ އަޅުގަނޑު މެންގެ ވިސްނުން" ފަރެސްމާތޮޑާ ރައީސް އަހްމަދު އިމްތިޔާޒު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ހެރަހަމަގު ބަގީޗާ – ފޮޓޯ: އިމްތި
މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަށުގެ ހުރިހާ ކުޑަކުދިންނަށާއި އެންމެހާ ރައްޔިތުންނަށް ފަރެސްމާތޮޑާ ކައުންސިލުން މިހާރު ވަނީ ދައުވަތު ދީފައެވެ.
2019 ވަނަ އަހަރު ފަރެސްމާތޮޑާ ގައި ހަދަން ފެށި ޕާކަކީ އެ ރަށުގެ މާތޮޑާ އަވަށުގައި އޮންނަ ކުޅިއެއް ޙިމާޔަތް ކުރުމާ އެކު އެ ސަރަހައްދު ރީތި ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. އެގޮތުން އިންޑިއާ ސަރުކާރުން ލިބުނު ގްރާންޓް އެހީ އެއްގެ ދަށުން ފަރެސްމާތޮޑާ ގައި ނޭޗަރ ޕާކަކާއި ޕިކްނިކް ސަރަހައްދެއް ހެދުމަށް ހަމަޖެހުނެވެ.
ފަރެސްމާތޮޑާ "ހެރަހަމަގު ބަގީޗާ" ގެ ނަމުން ނަން ވެސްދީފައިވާ ޕާކްގެ ޢަމަލީ މަސައްކަތް ފެށިތާ 2 އަހަރު ފަހުން ރަސްމީކޮށް ހުޅުވޭ އިރު އެތަން ވަނީ ވަރަށް ފުރިހަމަ ތަނެއްގެގޮތުގައި ތައްޔާރު ވެފައެވެ. ކުޑަކުދިންގެ ބަގީޗާ އެއްގެ އިތުރުން ބޮޑެތި މީހުންނަށް ވަގުތު ހޭދަ ކޮށްލެވޭ ގޮތަށް ބައެއް ތަންތަން ހަދާފައިވެއެވެ. އަދި ތިމާވެއްޓާ ރަށްޓެހި ގޮތަކަށް އެތަނުގައި އޮތް ކުޅި ތައްޔާރު ކޮއްފައި ވާއިރު ހިގާ މަގު ތަކާ ބަގީޗާތައް ވަނީ ވަރަށް ފެހިކޮށް ތައްޔާރުކޮށްފައެވެ.
އަދި ފަރެސްމާތޮޑާ ހެރަހަމަގު ޕާކަކީ އެ ރަށަށް ޒިޔާރަތް ކުރާ ގިނަ ބަޔަކު ޒިޔާރަތް ކުރާ އަތޮޅަށް މަޝްހޫރު ތަނެކެވެ.

