ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކުރަމުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ މެންބަރުންނަށް ދަންނަވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް ކުރެއްވި ނޓުވީޓެއްގައި ވިދާޅުވީ ދިމާވާ ކޮންމެ ކޮންޖެހުމެއް އެޕާޓީން ދާނީ ގިރާކުރަމުންކަމަށެވެ. ފައްޔާޟް މިހެން ވިދާޅުވެފައިމިވަނީ އެޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުން އުފެދި ރައީސް ޞަލިޙައި ރައީސް ނަޝީދުގެ ފެކްޝަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީއަށް 17 އަހަރު ފުރުމާއި ގުޅިގެން އެޕާޓީގެ މެންބަރުންނަށް ތަހުނިޔާ ދަންނަވާފައިވާއިރު، އެޕާޓީގެ ރައީސް ވެސް ވަނީ ދުވަހުގެ ތަހުނިޔާ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ދަންނަވާފައެވެ. އެޕާޓީގެ އާންމު މެމްބަރުންނާއި، ތާއީދު ކުރާ މީހުންނަށް ތަހުނިޔާ ދަންނަވައި ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލު ކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. ޚާއްސަކޮށް ޓެކްސްގެ ނިޒާމް ތަޢާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށް ދިނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތާއާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައިވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.
މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ

