މިއަހަރުގެ އަޟުހާ އީދު ގދ.ފިޔޯރީގައި ކުލަގަދަކޮށް ފާހަނގަކުރަން ނިންމައިފިއެވެ.
އީދު ކުޅިވަރާއި ބެހޭ ގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ މިއަހަރުގެ އަޟުހާ އީދު ފިޔޯރީގައި ކުލަގަދަކޮށް ފާހަނގަ ކުރުމުގެ ގޮތުން ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ވަރަށް ގިނަ ހަރަކާތްތައް ރޭވިފައިވާ ކަމަށާއި މިހަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކައުންސިލްގެ ނައިބު ރައީސާ އާމިނަތު އައިވީނާ ކަމަށެވެ. އަދި ހާއްސަކޮށް ހަވާއެރުވުމާއި ޓްރާންސްޕޯޓް ޚަރަދުގައި މާލެ އާއި ރަށުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަން ލިބުނު ކަމަށާއި ރަށުގެ ޒުވާނުންނާއި މުވައްސަސާތަކުން ފުރިހަމަ އެހީތެރިކަން ލިބިފައިވާ ކަމަށް ފައިޒަރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިކަންތައް ރާވާ ހިންގުމުގައި ރަށުގެ ޒުވާނުންނާއި މުވައްސަސާތަކުން ލިބުނު އެއްބާރުލުން ފާހަނގަކޮށް ފައިޒަރު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އަޝުހާ އިދުގައި ފިޔޯރީގައި ބާއްވަން ހަމަޖެހިފައިވާ ކުޅިވަރުތަކަށް ބަލާލާއިރު:
އީދުވިލޭރޭ
- އީދު މަޅި
- އީދުގެ ހަވާއެރުވުން
އީދުގެ ފުރަތަމަ ދުވަސް
- އީދު ނަމާދު
- އީދު ސައި
- އިސްރަށްވެހިންގެ ޚާއްސަ ހަވީރު
- ވާދެމުން
އީދުގެ ދެވަނަ ދުވަސް
- ކޯޑި ކެނޑުން (އަތޮޅުގެ ރަށްތަކަށް)
- ކުރުފަލިޖެހުން
- ބަނޑިޔާ ޖެހުން
- ބަތްޕޮޅި ޖެހުން
- ދަނޑިޖެހުން
- ބޮޑެތި މީހުންގެ ކުޅިވަރު
- ރަހަބެލުން
- ތިނޯސް ވިތް ބެލޫން
- ފެން ހަން ހިފައިގެން ދުވުން
- ކޭކު ކެއުން
- ގުޅަ ތެލުން
އީދުގެ ތިންވަނަ ދުވަސް
- ބަށިކުޅުން(ފިރިހެނުން)
- ފެތުމުގެ ރޭސް
- ކެނޯ ދުއްވުން
- ކުޑަކުދިންގެ ހަވީރު
- ފޭސް ޕެއިންޓިންގ
- ދަޅުވެއްޓުން
- ހަން ފުއްޕުން
- ބޯޅަ ޕާސް
- ހެދުން ދޮވުން
- ސްޕޮންޖުުން ފެންނެގުން
- ބެލޫން ފުއްޕާފައި އިނާމް ހޯދުން (2-4 އަހަރުގެ ކުދިންނަށް)
- ގޯނި ވިތް ފެން ޕެޓީ
- ހުނަވަކި ރޭސް
- ބޮޑުމަސް އަދި މާލި ޕެރޭޑް
އީދުގެ ހަތަރު ވަނަ ދުވަސް
- ކޯޑި ކެނޑުން (ފިޔޯރީގައި)
- ކުރުފަލި ޖެހުން
- ބަނޑިޔާ ޖެހުން
- ބަތްޕޮޅި ޖެހުން.
- ދަނޑި ޖެހުން
- ބޮޑެތި މީހުންގެ ކުޅިވަރު
- ބެލޫން ވިތް ފުށްތަށި ރުފިޔާ
- ކަނޑު ރޭސް
- ގާޑިޔާ ރޭސް
- ފުނޯއް ވެއްޓުން
- އެއްގަމު ކެނޯ ދުއްވުން ހިމެނެއެވެ.
މަތީގައި ބަޔާންކުރެވުނު ކުޅިވަރުތަކަށް ބަލާލާއިރު ފެނިގެން ދަނީ ފިޔޯރީ ކައުންސިލްގެ ރައީސް ރަޝީދުގެ ހިންގުންތެރިކަމާއި ޤާބިލިއްޔަތު ކަމެވެ. އަދި ރަށަށް ތަރައްޤީ އާއި ރީތި ނަން ހޯދައިދިނުމަށް ފައިޒަރު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތެވެ. ފައިޒަރަކީ އިޚްލާސްތެރި ރައްޔިތުންނާއި ގުޅޭ ހިންގުންތެރި ވެރިއެކެވެ.
މިފަހަރުގެ އަޟުހާ އީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ފިޔޯރީއަށް ދަތުރު ކުރަމުންނެވެ. ރަށް ފުރާ ބަންޑުން ޖަހާލާ ވަރަށް ރަށަށް މެހެމާނުން އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފައިޒަރު ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖޭގައި ކޮންމެއަހަރަކު ކުލަ ގަދަކޮށް އަޟުޙާ އީދު ނުވަތަ ބޮޑު އީދު ފާހަގަ ކުރަމުންދާއިރު، އަހަރަކަށްވުރެ އަހަރެއް އަންނަނީ ފޯރި ގަދަވަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޘަގާފީ ހަރަކާތްތަކަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ފިލައިގެން ނުދާ އާދަކާދައެކެވެ. ދަފިނެގުމާއި، ކޯޑި ކެނޑުމާއި، މާލި ނެރުމާއި، ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތަކަކީ ހުއްޓުމެއްނެތި ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. ހަމަމިފަދައިން ކުލަ ޖެހުމާއި ފެންކުޅިކުޅުމަކީވެސް ފޯރިގަދަކޮށް ކުރިއަށްގެންދާ ހަރަކާތްކެކެވެ. ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރަށުގެ ކުދިބޮޑު އެންމެން އެއް ރޫހެއްގައި ދުރާލާ ތައްޔާރުވެއެވެ. ބައެއް ރަށްރަށުގައި އެރަށުގެ އަމިއްލަ ސަޤާފީ ކަންތައްތަކާއެކު ޢީދު ފާހަގަކުރަމުންދާއިރު، އަނެއްބައި ރަށްރަށުގައި ޢީދު ފާހަގަ ކުރަނީ މަޝްހޫރު ފަންނާނުން ރަށަށް ގެންގޮސްގެން އެފަންނާނުންނާއި އެކުގައެވެ.
މި ހުރިހާ ހަރަކާތްތަކެއްގައިވެސް ކުދި ބޮޑު އެންމެ ބައިވެރިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
އީދު ނަމާދަށް ފަހު އޮންނަ ސަޔަކީ ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ އެކުވެރި މާހަޢުލެއްގައި ކުރިއަންގެންދާ ހަރަކާތެކެވެ. އަދި ގިނަރަށްތަކުގައި އުޟުހިއްޔާ ކަތިލުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެއެވެ.
ލަނގިރިޖެހުމާއި، ބޮޑުބެރުޖެމާއި، މާލި ނެރުމާއި، ކޯޑިކެޑުމަކީ ބޮޑުޢީދާ ގުޅިގެން ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަންތައްތަކެވެ. ޢީދު ބަންދު ފާހަގަކުރެވިފައިވަނީ ރަށްރަށަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ބަންދަށެވެ.

