ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް މިއަދު އުދައަރައި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގއ އަދި ގދ ގެ ގިނަ ރަށްތަކަށް ވަރަށް ބޮޑަށް ވަނީ އުދައަރާފައެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކުރި ގޮތުގައި މިދުވަސްކޮޅު ރާއްޖެއަށް މޫސުން ވަރަށް ގޯސްވެ ކަނޑުވެސް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހަތަރު ފޫޓާއި، ހަތް ފޫޓަށް އުފުލޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި އުދައިގެ އަސަރުކުރާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފަ އެވެ.

ގދ.ފިޔޯރީއަށް އުދައަރާފައި – ފޮޓޯ: ހިލްޓަން އާސިފް

ގދ.ފިޔޯރީއަށް އުދައަރާފައި – ފޮޓޯ: ހިލްޓަން އާސިފް

ގދ.ފިޔޯރީއަށް އުދައަރާފައި – ފޮޓޯ: ހިލްޓަން އާސިފް
އުދައެރުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކަށްވެސް ލޮނުގަނޑު ވަދެ ގޯތިތެރޭ ހުރި ގަސްތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ގދ.ފިޔޯރީއަށް އުދައަރާފައި – ފޮޓޯ: ހިލްޓަން އާސިފް

ގދ.ފިޔޯރީއަށް އުދައަރާފައި – ފޮޓޯ: ހިލްޓަން އާސިފް

ގދ.ރަތަފަންދޫއަށް އުދައަރާފައި
ހުވަދު އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުދައަރަމުންދާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން މަޑަވެލި ހޯޑެއްދޫ ކޯޒްވޭއިން އެރި އުދައިގެ ސަބަބުން އެދެރަށުގެ ރަށުތެރެޔަށް ވަނީ ލޮނުގަނޑު އަރާފައެވެ. ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ދަނޑުވެރިންނަށްވެސް ގިނަ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

