ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ ލ.އަތޮޅުން ފެށިގެން އައްދޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އެގޮތުން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:15 އިން ފެށިގެން ހަވީރު 16:00 އަށް ކަމަށް މެޓުން މައުލޫމާތު ދެއެވެ.
މެޓުން ލަފާކުރާ ގޮތުގައި މި ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން މައުލޫމާތު ދެއްވައެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާއާއި ކޯސްޓްގާޑުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

