ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ މަޑަވެލި ހޯނޑެއްދޫ އަށް ވަޑައިގެން އެ ރަށުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.
އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އަދި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މަޑަވެލި ހޯޑެއްދޫއަށް ވަޑައިގެން އެދެރަށުގެ ހާލަތު ބައްލަވާލައިފިއެވެ. އަދި ހާލުގައި ޖެހިފައިތިބި އާއިލާތަކާއި ބައްދަލުކުރައްވައި ރަށަށް ލިބިފައިވާ ގެއްލުންތައް އަތޮޅު ކައުންސިލްގެ ރައީސް އަދި ތިނަދޫ ކައުންސިލްގެ ރައީސް ވަނީ ބައްލަވާލައްވާފައެވެ.

އަތޮޅު ކައުންސިލްގެ ރައީސް މަޑަވެލި ހޯޑެއްދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން – ފޮޓޯ: އަތޮޅު ކައުންސިލް އިދާރާ

އަތޮޅު ކައުންސިލްގެ ރައީސް މަޑަވެލި ހޯޑެއްދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން – ފޮޓޯ: އަތޮޅު ކައުންސިލް އިދާރާ
ހޯޑެއްދޫ ހުޅަނގު ފަރާތުން އުދައެރުވުމުގެ ސަބަބުން އެރަށުގެ ދަނޑު ބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. ހަމައެގޮތަށް މަޑަވެލީގެ ފްލެޓް ސަރަހައްދުން ފެށިގެން ރަށުގެ %98 ގެޔަށް ލޮނުގަނޑު ވަނީ ވަދެފައެވެ. އަދި ނިދަން ގެންގުޅޭ ގޮނދަޑި އާއި ހިފައި ގެންގުޅޭ އެހެނިހެން ސާމާނުތަކަށް ވަނީ ގެއްލުން ލިބިފައެވެ. މަޑަވެލިން ހާލުގައި ޖެހުނު އާއިލާތައް މިހާރުވަނީ ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައެވެ.
ގދ.އަތޮޅުގެ ގިނަ ރަށްތަކަށް އުދައަރުމުން ވަނީ ގެއްލުން ލިބިފައިވެއެވެ. ހާއްސަކޮށް މަޑަވެލި، ހޯޑެއްދޫ، ފިޔޯރީ އަދި ރަތަފަންދޫއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ރައްޔިތުން ހާލުގައި ޖެހިފައެވެ. މިހަތަރު ރަށުގެ %75 އަށް ރާޅުއަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިރަށްތަކުގެ ހާލަތު ބަދަލުކުރެވޭތޯ ރަށުގެ ރައްޔިތުން ދަނީ އަމިއްލައަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ގަދަ ވަޔާއި ވާރެޔާއެކު އުދައަރަމުންދާތީ މިހަތަރު ރަށުގައި ދިރިއުޅެމުންދާ ރައްޔިތުން އުޅެމުން ދަނީ ވަރަށް ހާލުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަނީ އުދައަރުމުގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކުގެ ހާލަތު އޮޅުންފިލުވަމުުންނެވެ. އަދި މަޑަވެލީ ރައްޔިތުންނަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

