ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ރާއްޖެއަށް ޑިމޮކްރަސީ ގެންނަން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެއެވެ.
ގޯގޯ ލަތީފް ދިރިއުޅުއްވަމުން ގެންދެވީ އަވަށްޓެރި ސްރީ ލަންކާގައެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން ރޭ ދަންވަރު 3:00 ގައި އެބޭފުޅާ ވަނީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި އަވަހާރަވެފައެވެ.
ލަތީފްއަކީ ރާއްޖޭގައި ޕާޓީ ސިސްޓަމް އުފެދިގެން އައިއިރު އެމްޑީޕީ އުުފައްދައި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ލަތީފްވަނީ ހިއުމަން ރައިޓްސް އެމްސެބެޑަރުގެ މަޤާމު އަދާކުރައްވާފައެވެ.
ބަލިހާލަތު ނިޔާކުރި ގޮތުން 2012 ގެ ފަހުން ލަތީފް ދިރިއުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައެވެ. ރާއްޖޭގައި އުޅުއްވިއިރު ލަތީފް ވަނީ އެމްޑީޕީގެ ގިނަ މުޒާހަރާތަކުގައި އަދި ސިޔާސީ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމަުގައި ޖަލުގައި ބަޑިޖަހައި އީވާން ނަސީމްގެ މަރުގެ މައްސަލަ ބައިނަލްއަޤުވާމީ ސަމާލުކަމަށް ގެނައުމަށް ވެސް ގޯގޯ ލަތީފް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

