މާލެއިން ފުރައިގެންދިޔަ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ”ސަމަންދަރު“ ނަމަކަށް ކިޔާ މިބޯޓު މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔައީ ރ.ދުވާފަރަށެވެ. އަދި މިބޯޓުގައި 137 މީހުން ދަތރުކުރަމުން ދިޔައެވެ.
85 ފޫޓްގެ މިބޯޓު ދިޔަވަމުންދިޔައިރު ބޯޓު އޮތީ ބ.އޭދަފުށީ ބޭރުން 10 ނޯޓިކަލް މޭލުގައެވެ. މިބޯޓް ދިޔަވަމުންދާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ރާއްޖޭގެ ކަނޑުތައް ގަދަ ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރާ މީހުން ސަމާލު ވުމަށް ވަނީ އަންގާފައެވެ. އަދި މިވަސްވަރު ކަނޑު ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް މެޓް އޮފީހުންނާއި އެމްއެންޑީއެފުން ވަނީ އަންގާފައެވެ.

