ބޮމުގެ އިންޒާރަކާ ގުޅިގެން ސިފައިން ހަތިޔާރާއެކު މާލޭގެ މަގުމަތީގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
“ވަގުތު” މީޑިޔާއިން ހާމަކުރި ގޮތުގައި ބޮމުގެ އިންޒާރެއް ލިބިފައިވަނީ މާލެ ސިޓީ ކައުންސިލް ޕޯޓަލް މެދުވެރިކޮށެވެ. މިއިންޒާރާއެކު ސިފައިން ވަނީ މާލޭގެ ބައެއް މަގުތައް ބަންދުކޮށްގެން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމީޑިޔާއިން ބުނާ ގޮތުގައި މާލެސިޓީ ކައުންސިލްގެ ޕޯޓަލްއަށް ލިބިފައިވާ މެސެޖެއްގައި ބުނެފައިވަނީ ބޮމެއް ދަބަހަކަށްލާފައި ރަޝިއާގެ ކޮންސިއުލޭޓްގައި އޮންނާނެ ކަމަށެވެ.
އެގޮތުން ކްރިމިނަލް ކޯޓު ސަރަހައްދާއި އާޓިފިޝަލް ބީޗު ސަރަހައްދު އަދި ޗައިނާ އެމްބަސީ ކައިރީ ސަރަހައްދު ފުލުހުންވަނީ ބަންދުކޮށްފައެވެ. މިސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިސަރަހައްދުތަކަށް އާންމުންނަށް ނުވަދެވޭ ގޮތަށް ސުޕްރީމް ކޯޓު ކައިރީގައި އޮންނަ ހަނި ގޯޅިގަނޑެއް ވެސް ސިފައިން ވަނީ ބަންދުކޮށްފައެވެ.

