މި އަހަރުގެ އާޟްހާ ޢީދު ކުލަގަދަ ކޮށް ފާހަގަ ކުރުމަށް ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުން މާލީ އެހީތެރިކަން ގދ.އަތޮޅުގެ ހުރިހާ ރަށަކަށް ދީފިއެވެ.
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހާމަކުރި ގޮތުގައި އީދު ފާހަގަ ކުރުމުގެ ކަންކަން ވީހާވެސް ރަނގަޅަށް ގެންދިއުމަށް އެ ކައުންސިލުން މިހާރު ވަނީ 90 ހާސް ރުފިޔާ ޚަރަދު ކުރުމަށް ފާސް ކޮށް ކޮންމެ ރަށަކަށް 10 ހާސް ރުފިޔާގެ ނިސްބަތުން ޙަވާލު ކޮށްފައެވެ.
ގދ އަތޮޅުގައި މި އަހަރުގެ އާޟްހާ ޢީދު ފާހަގަ ކުރުމަށް ގދ ތިނަދޫ ފިޔަވާ އެހެން ހުރިހާ ރަށަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ގދ އަތޮޅުގެ މަޑަވެލި، ހޯނޑެއްދޫ، ރަތަފަންދޫ، ވާދޫ، ފަރެސްމާތޮޑާ، ނަޑެއްލާ، ފިޔޯރީ އަދި ގައްދޫ އިން ވަނީ މިޢީދު ކުރީގެ އަހަރުތަކާ ޚިލާފަށް ފޯރިގަދަ ކޮށް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ކަންތައްތަކެއް ރާވާ ބައެއް ކަހަލަ ކުޅިވަރުތައް ވެސް ފަރިތަވެސް ކޮއްފައެވެ.
ގދ އަތޮޅުގެ އެކި ރަށް ރަށުގައި މި އަހަރުގެ އާޟްހާ ޢީދު ފާހަގަ ކުރުމަށް ހިންގަން ނިންމާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު:
- އީދުހުޅު ޖެހުން / އީދު މަޅި / އީދުގެ ހަވާއެރުވުން
- އީދު ނަމާދު
- އީދު ސައި
- އުޟުހިޔާ ކަތިލުން
- ފެންކުޅި "ރޮދެވައްރެހެޔާ"
- ފަލި ރޭސް
- ކޯޑިއާ ޖެހުން
- ކަރޯކޭ މައިކް ނައިޓް
- ވާދެމުގެ މުބާރާތް
- ބޮޑުމަސް
- އިސްރަށްވެހިންގެ ޚާއްސަ ހަވީރު
- ކުރުފަލި ޖެހުން
- ބަނޑިޔާ ޖެހުން
- ބަތްޕޮޅި ޖެހުން
- ދަނޑިޖެހުން
- ބޮޑެތި މިހުންގެ ކުޅިވަރުތައް ރޭގަނޑު 08:00 އިން ފެށޭނެ
- ރަހަބެލުން
- ތިނޯސް ވިތު ބެލޫން
- ފެން ހަން ހިފައިން ދުވުން
- ކޭކު ކެއުން
- ގުޅަ ތެލުލުން
- ބަށި މެޗް (ފިރިހެން)
- ފެތުމުގެ ރޭސް
- ކެނޯ ދުއްވުން
ކުޑަކުދިންގެ ހަވީރު ގައި:
- ފޭސް ޕެއިންޓިންގ
- ދަޅު ވެއްޓުން
- ހަން ފުއްޕުން
- ބޯޅަ ޕާސް
- ހެދުން ދޮވުން
- ސްޕޮންޖުން ފެން ނެގުން
- ބެލޫން ފުއްޕާފަ އިނާމު ހޯދުން 2 އަހަރާއި 4 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ ކުދިންނަށް ހާއްސަ
- ގޯނި ވިތު ފެން ޕެޓީ
- ހުނަވަކި ރޭސް
- ބޮޑުމަސް އަދި މާލި ޕެރޭޑް
- ކުރުފަލި ޖެހުން
- ބަނޑިޔާ ޖެހުން
- ބަތްޕޮޅި ޖެހުން
- ދަނޑިޖެހުން
ބޮޑެތި މިހުންގެ ކުޅިވަރު:
- ބެލޫން ވިތު ފުށްތަށި ރުފިޔާ
- ކަނޑު ރޭސް
- ގާޑިޔާ ރޭސް
- ފުނޯއް ވެއްޓުން
- އެއްގަމު ކެނޯ
ރާއްޖޭގައި ކޮންމެއަހަރަކު ކުލަ ގަދަކޮށް އަޟުޙާ އީދު ނުވަތަ ބޮޑު އީދު ފާހަގަ ކުރަމުންދާއިރު، އަހަރަކަށްވުރެ އަހަރެއް އަންނަނީ ފޯރި ގަދަވަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޘަގާފީ ހަރަކާތްތަކަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ފިލައިގެން ނުދާ އާދަކާދައެކެވެ.
ދަފިނެގުމާއި، ކޯޑި ކެނޑުމާއި، މާލި ނެރުމާއި، ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތަކަކީ ހުއްޓުމެއްނެތި ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. ހަމަމިފަދައިން ކުލަ ޖެހުމާއި ފެންކުޅިކުޅުމަކީވެސް ފޯރިގަދަކޮށް ކުރިއަށްގެންދާ ހަރަކާތްކެކެވެ.
ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރަށުގެ ކުދިބޮޑު އެންމެން އެއް ރޫހެއްގައި ދުރާލާ ތައްޔާރުވެއެވެ. ބައެއް ރަށްރަށުގައި އެރަށުގެ އަމިއްލަ ސަޤާފީ ކަންތައްތަކާއެކު ޢީދު ފާހަގަކުރަމުންދާއިރު، އަނެއްބައި ރަށްރަށުގައި ޢީދު ފާހަގަ ކުރަނީ މަޝްހޫރު ފަންނާނުން ރަށަށް ގެންގޮސްގެން އެފަންނާނުންނާއި އެކުގައެވެ.

