މީސްމީޑިޔާގައި ދައުރުވަމުންދާ ބަރަހަނާ ވީޑިޔޯތަކާއި ގުޅިގެން ފުލުހަކު ސަސްޕެންޑްކޮށްފިއެވެ.
މީޑީޔާގައި ބަރަހަނާ ވީޑިޔޯތައް ދައުރުވަމުންދާ މައްސަލައާއި ގުޅިގެން ފުލުހަކު ސަސްޕެންޑްކޮށްފައިވާއިރު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ފުލުހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ މީސްމީޑީޔާގައި ދައުރުވަމުންނެވެ.
މިމައްސަލަތައް ސީރިޔަސް މައްސަލަތަކެއް ގޮތުގައި ފުލުހުުން ދަނީ ބަލަމުންނެވެ. މިފަދަ ވީޑިޔޯތަކާއި ގުޅިގެން މީހުން ބްލެކްމެއިލް ކުރުމުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.
ބަންގްލަދޭޝް މީހަކާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ މުހައްމަދު ނާޒިމްކަމަށް ބުނާ މީހަކު އެއްޖިންސުގެ ގުޅުން ހިންގާ ވޯޑިއޯއެއް އާންމު ވިފަހުން ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް ބައެއް ފަރާތްތަކާއި ބައެއް ނުސްވެރިންކަމަަށް ބެލެވޭ ބައެއް ފަރާތްތަކުގެ ބަރަހަނާ ފޮޓޯތަކާއި ވޯޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ލީކް ކުރަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި އަލަމްގިރި ފުރުން މަނާކޮށް ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

