އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނާއަކުން ކެމިކަލް ލީކުވެއްޖެއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މިއަދު ހެދުނު 11 ޖަހާކަންހާއިރު އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނާއަކުން ކެމިކަލް ލީކުވެގެން ރިޕޯޓްކޮށްފައިވެއެވެ. ރިޕޯޓް ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
އެމްއެންޑީއެފުން ބުނާގޮތުގައި 48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާ ކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުން ކަމަށެވެ. އަދި އެ ކޮންޓޭނަރުން ލީކުވަމުން ދަނީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައި ހުރި ކެމިކަލް ހަންތަކަކުން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

