ހަވާ އެރުވުމާއިއެކު ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި މިރޭ އަޟްހާ ޢީދު ފާހަގަ ކުރަން ފަށަން ނިންމައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ޢީދު ފާހަގަ ކުރުމަށް ފަށާ ޙަރަކާތްތައް މިރޭ 8 ޖަހާއިރު އެރަށުގައި ފަށާނެ ކަމަށާއި އެގޮތުން 8 ޖަހާއިރު ޢީދު މަޅި ރޯ ކުރުމަށް ފަހުގައި 9 ޖަހާއިރު ހަވާ އެރުވުން ކުރިޔަށް ދާނެ ކަމަށެވެ.
ރައީސް ފައިޒަރު ވިދާޅުވީ އީދު މަޅި ރޯކުރުމާއި ހަވާ އެރުވުން ކުރިޔަށް ދާނީ ރަށުގެ ބަނދަރު ސަރަހައްދުގައި މީހުންނަށް އެއްވެތިބެ ބަލާލެވޭ ގޮތަށް ކަމަށެވެ. އަދި މިއީ ހުވަދު އަތޮޅުގައި އީދު ފާހަގަ ކުރުމަށް ހަވާ އަރުވާ ފުރަތަމަ ފަހަރު ކަމަށެވެ.
ފިޔޯރީ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުން އިސްނަގައިގެން ފިޔޯރީގެ އެކި މުއައްސަސާތަކާއި ރަށުގެ ކުދިބޮޑު އެންމެންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އީދު ހަރަކާތްތަކަށް ތައްޔާރު ކުރުމުގެ މަސައްކަތްތައް ވަރަށްހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. މިފަހަރުގެ އެންމެ ހާއްސަ ކުޅިވަރުކަމަށްވާ ހަވާ އެރުވުމުގެ ކަންތައް ކުރިއަށް ގެންދަނީ ރަށުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނާއި ރަށުން ބޭރުގައި ތިބި އެތައް ބައިވަރު ބައެއްގެ ދީލަތި އެހީތެރިކަމާއެކުގައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ފިޔޯރީގައި މިރޭ ހަވާ އެރުވުމަށް ތައްޔާރީތައް ވަމުންދަނީ
އީދު މަޅިއަކީ އަލިފާނުގެ ހަރަކާތެއްކަމަށްވާތީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ވަރަށް ރައްކާތެރިކޮށް ކަމަށާއި އެގަޑީގައި ފުލުހުންނާއި އާއްމު ރައްޔިތުންގެ ތެރެއިންވެސް ހާއްސަ ވަކި ޓީމެއް އެހިސާބުގައި ހަރަކާތްތެރިވާނެއެވެ.
ގދ ފިޔޯރީގައި ކުރިއަށްދާ އީދުގެ ހަރަކާތްތައް:
އީދު ވިލޭރޭ 07/08/22 09:00 އީދު މަޅި / އީދުގެ ހަވާއެރުވުން
އީދުގެ ފުރަތަމަ ދުވަސް 07/09/22
ހެނދުނު 07:30 – އީދު ނަމާދު / 08:15 – ހެނދުނު އީދު ސައި
ހަވީރު 06:00-04:00؛ އިސްރަށްވެހިންގެ ޚާއްސަ ހަވީރު
ރޭގަނޑު 08:30-10:00؛ ވާދެމުން
އީދުގެ ދެވަނަ ދުވަސް 07/10/22
މެންދުރުފަހު 02:00 ގައި ފެށޭނެ
1-ކޯޑި ކެނޑުން (އަތޮޅުގެ ރަށަކަށް) ، 2-ކުރުފަލި ޖެހުން ، 3-ބަނޑިޔާ ޖެހުން ، 4-ބަތްޕޮޅި ޖެހުން ، 5-ދަނޑިޖެހުން (މި ކުޅިވަރުތައް ހަވީރު 06:00 އަށް ނިންމާލެވޭނެ)
ބޮޑެތި މިހުންގެ ކުޅިވަރުތައް ރޭގަނޑު 08:00 އިން ފެށޭނެ
1-ރަހަބެލުން ، 2-ތިނޯސް ވިތު ބެލޫން ، 3-ފެން ހަން ހިފައިން ދުވުން ، 4-ކޭކު ކެއުން ، 5-ގުޅަ ތެލުލުން (މި ކުޅިވަރުތައް ރޭގަނޑު 10:00އަށް ނިންމާލެވޭނެ)
އީދުގެ ތިންވަނަ ދުވަސް 07/11/22
ހެނދުނު 08:00 އިން 09:00 އަށް *ބަށި މެޗް (ފިރިހެން)
ހެނދުނު 09:00 އިން 10:00 އަށް *ފެތުމުގެ ރޭސް
ހެނދުނު 10:00 އިން 11:00 އަށް *ކެނޯ ދުއްވުން
ހަވީރު 04:00 އިން 06:00 އަށް *ކުޑަކުދިންގެ ހަވީރު ގައި؛
1- ފޭސް ޕެއިންޓިންގ
2- ދަޅު ވެއްޓުން
3- ހަން ފުއްޕުން
4- ބޯޅަ ޕާސް
5- ހެދުން ދޮވުން
6- ސްޕޮންޖުން ފެން ނެގުން
7- ބެލޫން ފުއްޕާފަ އިނާމު ހޯދުން 2 އަހަރާއި 4 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ ކުދިންނަށް ހާއްސަ
8- ގޯނި ވިތު ފެން ޕެޓީ
9- ހުނަވަކި ރޭސް
ރޭގަނޑު 08:30ގައި ބޮޑުމަސް އަދި މާލި ޕެރޭޑް
އީދުގެ ހަތަރު ވަނަ ދުވަސް 07/12/22
މެންދުރުފަހު 02:00ގައި ކޯޑި ކެނޑުން (ފިޔޯރީގައި)
ކުރުފަލި ޖެހުން
ބަނޑިޔާ ޖެހުން
ބަތްޕޮޅި ޖެހުން
ދަނޑިޖެހުން (މިކުޅިވަރުތައް ހަވީރު 06:00ގައި ނިންމާލެވޭނެ)
ބޮޑެތި މިހުންގެ ކުޅިވަރު ރޭގަނޑު 08:00 އިން 10:00 އަށް؛
ބެލޫން ވިތު ފުށްތަށި ރުފިޔާ
ކަނޑު ރޭސް
ގާޑިޔާ ރޭސް
ފުނޯއް ވެއްޓުން
ފިޔޯރީގައި ހަވާ އަރުވާ އިރު ގދ ރަތަފަންދޫ އަދި ފަރެސްމާތޮޑާ އަށް ވަރަށް ރީއްޗަށް އެ މަންޒަރު ފެންނާނެއެވެ. ހުވަދު އަތޮޅުގައި މީގެ ކުރިން ހަވާ އަރުވާފައި ވަނީ 2018 ވަނަ އަހަރު ގދ.ތިނަދޫ ގައެވެ.

