މިއަހަރުގެ އަޟްހާ ޢީދާ ދިމާކޮށް ޢީދު ކުލަގަދަކޮށް އައްޑޫ ސިޓީގައި ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ޚާއްސަ ޢީދު ހަރަކާތްތަކަށް ކަމުގައިވާ “ޢީދި ސަމާ” ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަން ދިރާގަށް ވަނީ ދީފައެވެ.
މި “ޢީދު ސަމާ” ގައި، ތަފާތު ގިނަޙަރަކާތްތަކެއް ޢީދުގެ ތަފާތު ދުވަސްތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވެއެވެ. މިގޮތުން ޢަޟްޙާ ޢީދު ދުވަހު ޢީދުސައި، މަސްރޭސް އަދި ބަށިކުޅުން، ބައިބަލާ ފަދަ ތަފާތު ފޯރިގަދަ ޙަރަކާތް ހިމެނެއެވެ. މިހަރަކާތްތަކުގެ ތެރެއިން، މަރަދޫ އަދި ހިތަދޫގައި ބޭއްވުމަށް ރޭވިފައިވާ ޢާއިލީ ހަވީރު، ފަޔާވޯކްސް އަދި މިއުޒިކް ޝޯވްއަށް ދިރާގުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މިފަދަ ތަފާތު އިޖްތިމާއީ އަދި ސަގާފީ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

