އެސްޓިއޯއިން ވިޔަފާރިކުރާ މީހުންގެ އަތުން ކޮތަޅަށް އަގު ނަގަން ނިންމައިފިއެވެ.
އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ކޮތަޅުން އަގު ނަގަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.
އެގޮތުން ބަލާއިރު ކޮންމެ ކަރުދާސް ކޮތަޅަކުން 2 ރުފިޔާ އަދި ޕްލާސްޓިކް ކޮތަޅަކުން 2.5 ރުފިޔާ ނެގުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި މިއަގުތައް ނަގަން ފަށާނީ މިމަހު 17 ވަނަ ދުވަހުން ފެށިގެންނެވެ.
ފާއިތުވި އަހަރުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ނިންމާފައިވާއިރު، މި ޓެކުހާއި ގުޅޭގޮތުން ސަރުކާރުން އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ޓެކްސް ވިޔަފާރިވެރިން، ކަސްޓަމަރުންގެ އަތުން ނަގަން ވަނީ ހަމަޖެހިފަ އެވެ.

