ދިވެހި ފަސްޓް ލޭޑީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބުރުގާ އެޅުއްވީ، ހަމައެކަނި ހައްޖު ދަތުރުފުޅުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެކަނިކަން ހާމަވެއްޖެއެވެ.
ރައީސް ސޯލިހާއި އަނބިކަނބަލުން، ހައްޖަށް ވަޑައިގެންނެވިއިރު ފަޒްނާ ހުންނެވީ ބުރުގާ އަޅުއްވައިގެންނެވެ. ހައްޖުގެ އަޅުކަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުން އާއްމުކޮށްފައިވާ އެކި ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެނިގެން ގޮސްފައިވަނީ ފަސްޓްލޭޑީ ބުރުގާ އަޅުއްވައިގެން ހުންނެވި މަންޒަރެވެ.
ނަމަވެސް ހައްޖުގެ އަޅުކަމަށް ފަހު ސިންގަޕޫރަށް ވަޑައިގަތުމަށްފަހު، ރޭގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު ފަސްޓްލޭޑީ، މެޑަމް ފަޒްނާ ހުންނެވީ ބުރުގާ ނާޅުއްވައެވެ.

ސައުދީ އަށް ވަޑައުގަތުމާ އެކު ގަޔަށް ދޫ ހެދުމާ އެކީ ފަސްޓްލޭޑީ ފެނުނީ ބުރުގާ ވެސް އަޅުއްވައިގެން ހުންނަވަނިކޮށެވެ އެހެންވެ އެކަމަނާ ބުރުގާ އެޅުއްވީ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިއެވެ. އެކަމަކު ބުރުގާ އެޅުއްވީ ސައުދީ ދަތުރާއި ހައްޖުގެ އަޅުކަމާ ދިމާކޮށް އެކަނިކަން މިހިސާބުން ވަނީ ޔަގީންވެފަ އެވެ.
ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބުރުގާ އެޅުއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކނަބަލުން ފާތުމަތު އިބްރާހީމެވެ.
ބުރުގާއަޅައި މޫނާއި ދެއަތްތިލަފިޔަވައި މުޅި ހަށިގަނޑު ހިލޭ ފިރިހެނުންނަށް ނިވާކުރުމަކީ ބޮޑުވެގެންވާ ވާޖިބެއް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އަދި އެއާއި ޚިލާފުވުމަކީ ބޮޑުވެގެން ހުރި ފާފައެކެވެ. ފާފައެއްގެ މަތީގައި ދެމި ހުރުމަކީ ނުރައްކާކަތެރި ކަމެކެވެ.
ހައްޖަށް ދިއުމަށް ފަހު ފަޒްނާ ބުރުގާ އަޅައިގެން ހުރުމުން ވަރަށް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި އެކަން ފާހަގަކޮށް އެކަމަނާއަށް ހެޔޮ ދުއާތައް ވެސް ކޮށްފައެވެ.

