ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށަށް މިއަދުވެސް އުދައަރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވުމާއެކު އުދަ އަރާނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މިހާރު ވަނީ 13:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ނެރުނު ސަމާލުގެ ވަގުތު ހަމަވާނީ 14:00 ގައެވެ.

