ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަނގަ ކުރަމުން ދަނިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލި ޝެއިޚުން ހައްޔަރުކުރުމާއި ގުޅިގެން އައްޝެއިޚް ހަސަން މޫސާ ފިކުރީ ވަނީ ސުވާލު އުފައްދާފައެވެ.
ޝެއިޚް ހަސަން މޫސާ ކުރއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގަ އޮތުމުން މެދުވެރިވާ ކަމެއްތޯއެވެ.
ހޯމް މިނިސްޓަރ އިމްރާނަށް ޓެގް ކުރެއްވުމަށްފަހު ޝެއިޚް ހަސަން މޫސާ ކުރެއްވި ސުވާލލަކީ މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ދުވަހުގެ މުންކަރާތްތައް ހުއްޓުވަން ނިކުތް ޝައިޚުން، އެހެން ބަޔަކު ހިންގި ހަމަނުޖެހުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަތުމަކީ އިންސާފުތޯއެވެ.
"މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ޑޭ ގެ މުންކަރާތްތައް ހުއްޓުވަން ނިކުތް ޝައިޚުން، އެހެން ބަޔަކު ހިންގި ހަމަނުޖެހުމުގެ ޒިންމާ ނަގަން ޖެހުން، އެއީ އަދުލުއިންސާފު ތޯ. އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގަ އޮތުމުން މެދުވެރިވާ ކަމެއްތޯ." އައްޝައިޚް ޙަސަން މޫސާ ފިކުރީ ކުރެއްވި ޓުވީޓުގައި ވެއެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިޔަށް ދަނިކޮށް ބަޔަކު ވަދެ ހަމަނުޖެހުންތައް ހިންގުމާއި ގުޅިގެން މިމައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި އައްޝައިޚް އާދަމް ނިޝާންއާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހިމެނެއެވެ.
އެހެންކަމުން މިހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ މިމަހު 14 ވަނަ ދުވަހުގެ ރޭ މާލޭގައި ހަރަކާތެއް ބާއްވާފައެވެ.

