މިއަދުގެ މެންދުރު 12:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ހިސާބު ތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ނެރެފައިވާ ސަމާލުގައި ވަނީ ބުނެފަ އެވެ.
އަދި މި ވަގުތު ތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭވެހޭނެކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ އެވެ.

