މުޅި ރާއްޖެއަށް ހުޅުވާލައިގެން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބާއްވާ "ގދ.އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"ގދ.އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ރާވާއި ހިންގުމާއި ހަވާލުވި ރައުހަތު ސްޕޯޓްސް ކުލަބުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތުގައި 5 އުމުރުފުރައަކަށް ބަހާލައިގެން، ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަށް:
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 15 އަހަރުން ދަށް
- 17 އަހަރުން ދަށް
- 19 އަހަރުން ދަށް
މި މުބާރާތުގައި ބައިވެރިވުމަށް ޕްރިލިމެނެރީ އެންޓްރީ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2 އަށެވެ. އަދި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7908337 ގުޅުއްވުމަށް "ގދ.އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ރާވާއި ހިންގުމާއި ހަވާލުވި ރައުހަތު ސްޕޯޓްސް ކުލަބުން އެދެއެވެ.
ސެޕްޓެމްބަރު 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށް ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ބޭއްވުމަށް ހަމަ ޖެހިފައިވަނީ ގދ.ތިނަދޫ ގައެވެ.

