ގދ.ގައްދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ގދ.ކޮޑަގަލާއަށް ދަތުރުދިޔަ ބަޔަކު މޫސުން ގޯސްވުމާއި ގުޅިގެން ރަށަށް ނާދެވި ހާލުގައި ޖެހިގެން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެމީހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދަތުރުދިޔަ މީހުންގެ ތެރޭގައި 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސިފައިން ބުނެއެވެ.

