ފަރުކޮޅުފުށީގައި ފްރީ ޑައިވިންގއަށް މޫދަށް އެރި އުޅުނު މީހަކު މަރުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޑައިވިންއަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިއަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 11:05 ގައި ލިބިފައިވާ ކަމަށާއި އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހޯދަމުންދަނިކޮށް އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 11:50 އެހާކަންހާއިރު ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިންނެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ފަރުކޮޅުފުށީ ހުޅަނގުއުތުރު ފަރާތަށް މޫދަށް އެރި، ފްރީޑައިވްކުރަން ދަނިކޮށް މަރުވެފައިވަނީ ދެކުނު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއެކެވެ.
އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވިއެވެ.

