މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މިއަހަރުގެ މިނިވަންދުވަހާއި ގުޅިގެން ޖުލައި 28 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިވަނީ ހަމަޖައްސާފައެވެ. އަދި މިނިވަންދުވަހާއި ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުކަމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
އެހެންނަމަވެސް ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

