ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.1 މިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ޖޫން 28 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި އިތިއޯޕިއާގެ ދެ މީހަކު އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން މިވަނީ އަތުލައިގެންފައެވެ. މިދެމީހުންނަކީ އިގިރޭސި ވިލާތުގެ ދެމީހުންނެވެ.
މަސްތުވާ ތަކެތި ދިރުވާލައިގެން ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން 41 އަހަރުގެ ދެމީހުން ވަނީ ރާއްޖެ އައިސްފައެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ދެ މީހުންގެ ހަށިގަނޑުގެތެރެއިން "ފޮރިން ބޮޑީސް" ފެނިފައިވާއިރު އެ ފޮރިން ބޮޑީސްތަކުގެތެރޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވިފައިވާ ކަމަށާއި، އެ ދެ މީހުންގެ އެތެރެހަށިން ފޮރިން ބޮޑީސްގެ ގޮތުގައި ޖުމްލަ 220 ބްލެޓު ނަގާފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 2.328 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 8,100,000 ރުފިޔާއަށް އަރައެވެ. އެ ތަކެއްޗާއި މި މައްސަލައިގައި ޝާމިލްވާ މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

