މާލޭ މަގުމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިމަހު 18 ވަނަ ދުވަހު އާންމު ފަރާތަކުން މަގުމަތިން ހޯދާފައިވަނީ ނޮކިޔާ ބްރޭންޑްގެ ފޯނެއް ކަމަށާއި މިފޯނުގެ ވެރިފަރާތް މިހާރު ހޯދަމުންދާ ކަމަށެވެ. އަދި ޖުލައި 11 ވަނަ ދުވަހު ވެގާ ޕޮއިންޓް ފިހާރަ ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 700 ރުފިޔާ ފުލުހުންގެ ހިމާޔަތުގައި އެބައޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެއިތުރުން:
- ޖުލައި 17 ވަނަ ދުވަހު ދަކަނދާމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފެން މޯޓަރެއް
- ޖުލައި 20 ވަނަ ދުވަހު ޔާގޫތު ގޯޅިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޑިސްކޯ ލައިޓަކާއި އެމެޖެންސީ ލައިޓެއް
- ޖުލައި 20 ވަނަ ދުވަހު އަބަދަށްއުފާ މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް
މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށްފަހު ކާކުކަން
އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

