އަންހެން ކުއްޖަކު މަގުމަތިން ދަނިކޮށް ޖިންސީ ގުނަވަން ދެއްކި ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން އެތަނުގައި ހުރެގެންވެސް ފުރައްސާރަ ކުރި ކަމަށް ބުނެ އިންޒާރުދީފިއެވެ.
ފުލުހުންގެ ހާޒިރުގައި ސްޓޭޝަންތެރޭގައި ހުރެގެން އެމީހާ އިންޒާރުދިން ވީޑިޔޯ މީސްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރަމުން މި ހާދިސާ ކުރިމަތި އަންހެން ކުއްޖާ ބުނެފައިވަނީ އޭނާއާއި އޭނާގެ ރަށްޓެއްސަކު މަގުމަތިން ދަނިކޮށް ފިރިހެނަކު ޖިންސީ ގުނަވަން ދައްކާ ފުރައްސާރަކުރިކަމަށާއި އެ މައްސަލައިގައި އެމީހާ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން އެތަނުގައި ހުރެވެސް އިންޒާރު ދީ ފުރައްސާރަކުރިކަމަށެވެ.
https://twitter.com/AlyaSharsa/status/1550228055838576640?s=20&t=lPKkW1uUnAj6KnVoS8y2UA
މީވީޑިޔޯއަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ފުލުހުންގެ ހާޒިރުގައި އެގޮތަށް އިންޒާރު ދެވިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު ފުލުހުންގެ މަރުކަޒެއް ތެރޭގައި ފުލުހުންގެ ހާޒިރުގައި މިފަދަ ކަމެއްް ހިންގުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުުންނެވެ.
https://twitter.com/ShuruNaseer/status/1550230544130408448?s=20&t=EI27U3g9TjynuqJGOsxgTg
އިއްޔެ ހިނގާދިޔަ މިހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވެއެވެ.

