ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގެ ހެޑަކަށް މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އައްޔަންކޮށްފިިއެވެ.
މީގެކުރިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ އިސްވެރިޔަކަށް ހުންނެވީ އިބްރާހިމް ހޫދުއެވެ. ހޫދުއަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ޑިޕާޓްމެންޓުގެ އިސްވެރިޔާއެވެ. މީގެއިތުރުން މިހާރު ރައީސް އޮފީގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ހުންނެވި މަޤާމުވެސް ހޫދު ވަނީ އަދާކުރައްވާފައެވެ.
ޙިސާނަކީ ކުރިން ދިރާގުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ މާކެޓިން އެންޑް އިންޓަނޭޝަނަލް ބިޒްނަސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީންނެވެ. ރައީސް އޮފީހުގެ ވަޒީފާއާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރުއެވެ.
ހޫދު ވިދާޅުވީ މިއަދުން ފެށިގެން އެ ޑިޕާޓްމެންޓްގެ ހެޑަކަށް މަސައްކަތްކުރާނީ ހިސާން ކަމަށެވެ.
ހިސާންއަކީ މީގެ ކުރިން ރައީސް އޮފީހުގައި އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މިއަދުން ފެށިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ އިސްވެރިޔަކީ ހިސާންއެވެ.

